Last Updated: July 12, 00:08
Saturday, July 11, 2026
މުނިފޫހިފިލުވުން

ވިވެކްގެ އާ ފިލްމު "އޮޕަރޭޝަން ސިންދޫރު" އަށް

ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން މިދިޔަ އަހަރު "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ހިންގި ކުރު ބަދަލު ހިފުމަށް އަށް ބިނާކޮށް ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި ފަހުން "ޓަޝްކެންޓް ފައިލްސް" އާއި "ކަޝްމީރު ފައިލްސް" އަދި "ވެކްސިން ވޯ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އާ ފިލްމު ހަދަން ނިންމާފައި ވަނީ ބުޝަން ކުމާރުގެ ޓީ ސީރީޒާ ގުޅިގެން ކަމަށެވެ. މީޑިއާތަކުން ބުނީ "އޮޕަރޭޝަން ސިންދޫރު" އަށް ބިނާކޮށް ވިވެކް ހަދަން ނިންމާފައިވާ ފިލްމު ވަރަށް އަވަހަށް އިއުލާން ވެސް ކުރާނެ ކަމަށެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ދަ "ބެންގާލް ފައިލްސް" އެވެ.

"އޮޕަރޭޝަން ސިންދޫރު" އަކީ މިދިޔ އަހަރުގެ އެޕްރީލް މަހުގެ 22 ގައި ކަޝްމީރުގެ އިންޑިއާ ވީ ފަޅީގެ ޕަހަލްގާމަށް ހަތިޔާރު އެޅި ޖަމާއަތަކުން ދިން ޓެރަރިސްޓް ހަމަލާތަކުގައި 26 މީހަކު މަރައިލުމާ ގުޅިގެން، އޭގެ ޒިންމާ ޕާކިސްތާންގެ ބޮލުގައި އަޅުވައި، އެ ގައުމާ ދެކޮޅަށް އިންޑިއާ އިން ފެށި އޮޕަރޭޝަނެކެވެ.

"އޮޕަރޭޝަން ސިންދޫރު" ގެ ދަށުން ޕާކިސްތާނަށް ފުރަތަމަ ހަމަލާ ދީފައި ވަނީ މެއު މަހުގެ 8 ގަ އެވެ. އޭގެ ރައްދުގައި ޕާކިސްތާން ވެސް ދީފައި ވަނިކޮށް، އެމެރިކާ މެދުވެރިގެން ދެ ދުވަސް ފަހުން ހަމަލާތައް ހުއްޓާލި އެވެ.

"އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިކީ ވިކީ ބަގްނާނީ ފިލްމްސް އިން ފިލްމެއް އިއުލާންކޮށް، އޭގެ ޕޯސްޓަރު ވެސް ދައްކައިލި އެވެ. އެކަމަކު ފަހުން އެއްވެސް އަޑެއްބަޑެއް ނެތެވެ.