Last Updated: July 13, 06:07
Monday, July 13, 2026
ޚަބަރު

ގޭބިސީ ސާވޭ އަށް އެނިއުމަރޭޓަރުން ހޯދަނީ

ގޭބިސީގެ އާމްދަނީ އާއި ޚަރަދު ކުރުން ހުރި ގޮތް ބަލަން މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ސާވޭ އަށް އެނިއުމަރޭޓަރުން ހޯދަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިއުލާންކޮށްފި އެވެ.

އެތަނުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެގ 26 އާ ހަމައަށް އޮންލައިންކޮށް forms.gle/NGso3oWiLKfv77mFA ހުޅުވާލާފައިވާ ކަމަށެވެ.

ސާވޭގައި ބައިވެރިވެވޭނީ އޯ ލެވަލް ފެންވަރުގެ އުމުރުން 18-45 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ އެފަދަ ސާވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދޭނެ އެވެ.

އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް ސާވޭގެ އަމަލީ މަސައްކަތަށް ތައްޔާރު ކުރުމުގެ ގޮތުން 5 ދުވަހުގެ ތަމްރީނެއް ދޭން ވެސް ހަމަޖެހިފައިވެ އެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 150ރ. އާއި ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 500ރ. އާއި-ފުޑް އެލަވަންސް 300ރ. ގެ އިތުރުން ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް 30ރ. ވެސް ލިބޭނެ ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 3008400 ނުވަތަ 3008408 އިން ހޯދޭނެ އެވެ.