މި ރޯދަ މަހަށް ހާއްސަކޮށް، ހުޅުމާލޭ ފޭސްގައި ހެދި ރޯދަ މާރުކޭޓު ހުޅުވައިފި އެވެ.
މިއީ ރޯދަ މަހުގެ ތެރޭގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިމް ހެދި މާރުކޭޓެކެވެ. އެތަނުން މޭވާ އާއި ތަރުކާރީ އާއި މަހުގެ ބާވަތްތަކާއި އަދި އެހެނިހެން ދިވެހި އުފެއްދުންތައް ލިބެން ހުންނާނެ އެވެ.
އިއްޔެ ހުޅުވި ރޯދަ މާރުކޭޓު ހުންނަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދެމެދު އެވެ.