Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ފަރުހާދަށް

ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ރިޓަޔަކުރެއްވުމާ ގުޅިގެން އެ މުއައްސަސާ ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ ހިދުމަތުގައި 31 އަހަރު ހޭދަކުރެއްވުމަށް ފަހު އިއްޔެ ނަވީން ރިޓަޔަކުރެއްވުމާ ފުލުހުންގެ އިދާރާ ހިންގުމުގެ ޒިންމާ ފަރުހާދު ފިކުރީއާ ހަވާލުކުރެއްވުމަށް ނިންމެވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ.

ނަވީން ސީޕީގެ މަގާމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އައްޔަންކުރީ ކުރިން ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވައި ރިޓަޔާ ކުރެއްވުމުންނެވެ.

ޝުޖާއު ވަކިވުމާ ގުޅިގެން ސީޕީ މަގާމަށް ހުޅުވައިލުމުން ނަވީންގެ އިތުރުން ފަރުހާދާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ވެސް ކުރިމަތިލެއްވި އެވެ.