ގިނަ ބައެއްގެ މެދުގައި މަގުބޫލު ފްލެޓްފޯމެއް ކަމަށްވާ ޔޫޓިއުބަށް އެންމެ ފުރަތަމަ އަޕްލޯޑްކުރި ވީޑިއޯ ހިމެނޭ ވެބްޕޭޖްގެ ރައިޓްސްގެ ލަންޑަންގެ ވިކްޓޯރިއާ އެންޑް އަލްބަޓް (ވީ އެންޑް އޭ) މިއުޒިއަމް އިން ހޯދައިފި އެވެ.
އެތަނުން މިހާރު ކުރިއަށް ގެންދާ އެގްޒިބިޝަނެއްގައި ވެސް ވަނީ އެ ވީޑިއޯ ހިމެނޭ ވެބް ޕޭޖް ވެސް ދައްކައިލަން ބަހައްޓައިފަ އެވެ.
ޔޫޓިއުބްގެ ތާރީހީ އެހެން މަސައްކަތްތަކެއް ވެސް ފެންނަން ހުރި 'ޑިޒައިން 1900-ނައު އެގްޒިބިޝަނަކީ ވީ އެންޑް އޭ އިން ލަންޑަންގެ އިންޓަރެކްޝަން ސްޓޫޑިއޯ، އޯއައިއޯ ގުޅިގެން ތަފާތު ތަޖުރިބާތަކެއް ވެސް ކުރެވޭނެ ގޮތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
"މީ އެޓް ދަ ޒޫ" ގެ ނަމުގައި އާންމުކުރި 19 ސިކުންތުގެ އެ ވީޑިއޯގައި ފެންނަނީ ޔޫޓިއުބް ވުޖޫދަށް ގެނައި މީހުންގެ ތެރޭގައި ހިމެނޭ މިހާރު އުމުރުން 46 އަހަރުގެ ޖާވިދު ކަރީމް، ޒުލެއްގައި ހުރެގެން އެތަނުގައި ތިބި އެތާ ބެހޭ ގޮތުން ވާހަކަ ދައްކާނެ ތަނެވެ.
އެ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑްކުރީ އެޕްރީލް 23، 2005 ގަ އެވެ. އަދި އެއަށް 382 މިލިއަން ވިއުސް އާއި 18 މިލިއަން ލައިކްސް ލިބިފައިވެ އެވެ. "މީ އެޓް ދަ ޒޫ" ވީޑިއޯ ޔޫޓިއުބަށް ކަރީމް އަޕްލޯޑްކުރި އިރު، އޭނަގެ އުމުރަކީ 25 އަހަރެވެ.
ޔޫޓިއުބް ވުޖޫދަށް އައީ މީގެ 21 އަހަރު ކުރިން ފެބްރުއަރީ 14، 2005 ގަ އެވެ. އެ ބޭނުން ކުރާ މީހުންގެ އަދަދު 2.74 ބިލިއަނަށް އަރަ އެވެ.