މި ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ ފޯރަމްގެ މަޢުޟޫއަކީ "ރަމަޟާން މަހުގެ މަތިވެރިކަން" އެވެ. ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. ފޯރަމް ފަށާނީ 9:30 ގަ އެވެ.
މި އަހަރު ޖުމްލަ 18 އިޙްޔާ ފޯރަމް ބާއްވަން ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން 8 ފޯރަމް އޮންނާނީ މާލޭގަ އެވެ. މާލޭގައި ކުރިޔަށް ގެންދާ އިޙްޔާ ފޯރަމްތައް މި ރެއިން ފެށިގެން މި އަންނަ މަހުގެ 15 އާ ހަމައަށް ކުރިޔަށް ގެންދާނެ އެވެ.
އަތޮޅު ތެރެއިން 10 ރަށެއްގައި އިޙްޔާ ފޯރަމް މި އަހަރު ބާއްވާނެ އެވެ. އެއީ ފޯރަމްތައް މާދަމާ އިން ފެށިގެން އަންނަ މަހުގެ 11 އާ ހަމަަށެވެ.
އިޙްޔާ ފޯރަމް ބާއްވާ ރަށްތަކަކީ ތ.. ދިޔަމިގިލި، ތިނަދޫ ސިޓީ، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދު އެވެ.