Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އައްޑޫ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަނީ

އައްޑޫ ސިޓީ ކައުންސިލުން އަންނަ ހަފުތާގައި ރައްޔިތުންނާ ބައްދަލު ކުރަން ނިންމައިފި އެވެ.

ކައުންސިލުން ބުނީ އެ ބައްދަލުވުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:30 ގައި ކައުންސިލް އިދާރާގެ ހޯލުގައި ކަމަށެވެ.

ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި ވާޗުއަލްކޮށް ބައިވެރިވާން ބޭނުންވާ ލިންކް ކައުންސިލް އިދާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަހުން ހިއްސާ ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މި ބައްދަލުވުމުގައި މިދިޔަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓު ހުށަހެޅުމާއި، މާލީ ރިޕޯޓު ހިއްސާކުރުން އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.