Last Updated: June 5, 20:43
Friday, June 5, 2026
ދުނިޔެ

ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

އެޕްސްޓީނާ އެކު އެންޑްރޫ.

އިނގިރޭސިވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ މައުންޓްބެޓެން-ވިންޑްޒާ ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު ހައްޔަރުކުރީ އޭނަ ޓްރޭޑް އެންވޯއިއެއްގެ މަގާމުގައި ހުންނެވި ދުވަސްވަރު ރަސްމީ ލިޔެކިޔުންތަކެއް ޖެފްރީ އެޕްޓީންސާ ހިއްސާކުރި މައްސަލައެއްގަ އެވެ.

ދާދި ފަހުން ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި އެޕްސްޓީން ފައިލްގައިވާ ގޮތުން އެންޑްރޫ އަކީ އެފްސްޓީންއާ ވަރަށް ގާތް ގުޅުމެއް ބާއްވައި، އޭނަ ހިންގި ޖަރީމާތަކުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރެއިން އެކެކެވެ.

މީޑިއާތަކުން ބުނީ ތޭމްސް ވެލީ ފުލުހުން އެންޑްރޫ، 66، ހައްޔަރުކޮށް، އޭނައާ ގުޅުން ހުރި ބައެއް ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ވެސް ހިންގަމުން އަންނަ ކަމަށެވެ.

އެންޑްރޫ ހައްޔަރުކުރި ނަމަވެސް އިނގިރޭސި ޝާހީ އާއިލާގެ ފަރާތުން މިކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.