Last Updated: June 5, 18:06
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ގްރިލްޑް ޗީޒީ ގާލިކް ނާން

* ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ބަޓަރު
1 ލޮނުމެދު (ކުދިކޮށްކޮށާ، ޗަސްކޮށްފައި)
2 ނާން
ލޮނު، އަސޭމިރުސް
2/3 މޮޓްޒަރެއްލާ (ގާނާފައި ހުރި)

* ތައްޔާރު ކުރާނެ ގޮތް:

ގްރިލް ކުރަން ބޭނުންކުރާ ކަހަލަ ތާހެއްގެ ތެރެއަށް ތެޔޮކޮޅެއް އަޅައި މަޑުގިނީގައި ހޫނުކުރަން ޖައްސާށެވެ.
ބޯތައްޓެއްގައި ބަޓަރ، ލޮނުމެދު، ލޮނު، އަސޭމިރުސް އެއްކޮށްލުމަށްފަހު ނާންގެ ދެފުށުގައި ކާތާލާށެވެ. ދެން ތާސް އުދައި އުނދުން މަޑުގިންޔަށް ޖައްސާފައި އޭގެ މައްޗަށް ނާންލައިގެން ގްރިލްކޮށްލައި، ނާންގެ ކޮންމެ ފަޅިއެއް ދެ މިނެޓު ފިހެލުމުން ރަގަނޅުވާނެ އެވެ.
ދެން ނާންގެ މައްޗަށް މޮޒަރެއްލާ ޗީޒް އަޅާފައި ތަވާގެ މަތި ޖަހައިގެން ދެ މިނެޓެއްހާ އިރު ބަހައްޓާލާށެވެ. އޭރުން ހުންނާނީ ތައްޔާރުވެފަ އެވެ.

މި ރެސިޕީ ނާންގެ ބަދަލުގައި ޕާން ނުވަތަ ބަނަހުގައި ވެސް ތައްޔާރުކޮށްލެވިދާނެ އެވެ.