Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ރޯދަ މަހުގެ ދުވާލު ކެއި ބަޔަކު ހައްޔަރުކޮށްފި

މި ރޯދަ މަހުގެ ދުވާލުގެ ވަގުތުގައި މަގުމަތީގައި ކެއި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީ ވެސް ދިވެހިންނެވެ.

އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން 25 އަހަރުގެ މީހާ ހައްޔަރުކުރީ ދުވާލު ގަޑީގައި މަގުމަތީގައި ޗުއިންގަމް ކައިގެންނެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް ޖަހާފައި ވަނީ 7 ދުވަހެވެ. ބަންދު އަމުރުގައިވާ ގޮތުން އޭނަނއަކީ ބަންދު ރެކޯޑް އޮންނަ މީހެކެވެ.

މި މައްސަލައިގައި ދެން ހައްޔަރު އަނެއް މީހާގެ ބަންދަށް 5 ދުވަސް ޖެހި އިރު، އޭނަ އަކީ ވެސް ބަންދު ރެކޯޑް އޮންނަ މީހެކެވެ.

މީގެ ކުރީ އަހަރުތަކުގައި ވެސް ރޯދަ މަހު ދުވާލު އާންމު ތަންތަނުގައި ކައި، ރޯދަ މަހުގެ ހުރުމަތް ކެނޑި މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވެ އެވެ.