ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް، އޭނާގެ ބައްޕަގެ ހަނދާނުގައި ނ. ކުޑަފަރީގައި ބިނާކުރި މިސްކިތް މިއަދު ހުޅުއްވައިދެއްވައިފި އެވެ.
މަސްޖިދު އަލް މުހައްމަދު ގާސިމްގެ ނަމުގައި ބިނާކުރި މި މިސްކިތް މިއަދުގެ މަޣްރިބް ނަމާދަށް ހުޅުވައިދެއްވީ ސިޔާމް އެވެ. މި މިސްކިތް ހާއްސަކޮށްފައިވަނީ ރަށަށް އަރާ ފައިބާ ދަތުރުވެރިންނަށެވެ.
މިއީ މާލޭ ހުކުރު މިސްކިތް އަސްލަކަށް ބަލައި އޭގެ ނަކަލެއް ކަމަށް ބެލެވޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތެކެވެ.

މީގެ ކުރިން ސިޔާމް ވަނީ ކުޑަފަރީގައި، އޭނާގެ މަންމަގެ ހަނދާނުގައި ވެސް މިސްކިތެއް ބިނާކޮށްފަ އެވެ. އެއީ 700 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.