Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޕާކިން ގަވާއިދާ ހިލާފު އުޅަނދުތައް ނަގަން ފަށަނީ

މާލޭގެ މަގުތަކުގައި ޤަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ތައްޔާރުވެއްޖެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލެ ސިޓީގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތަކާއި، އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ އުޅަނދުތައް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ނަގަމުންދާނެ ކަމަށާއި، އުޅަނދުތައް މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން ނަގައި ނިންމުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އުޅަނދުތައް ނެގުމަށްފަހު ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދެވޭނޭ ކަމަށާއި، އުޅަނދު އުފުލައި ގެންދިއުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް، އަދި ގެންގޮސް ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ ގެއްލުމަކަށް ޒިންމާވެވެން ނޯންނާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމަކީ އުޅަނދުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.