Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

މީހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ އަހުމަދު ފައިރިޝް ކިޔާ 43 އަހަރުގެ މީހެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ފައިރިޝްގެ ގެ މައްޗަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހެއްކެއްގެ ބަޔާނުން އޭނާ އަނިޔާ ދޭނެކަމުގެ އިންޒާރު ދީފައިވާކަން އެނގޭ ކަމަށް ކޯޓު ބުނެފައިވެ އެވެ.

ފައިރިޝް އަކި ކުރިން ވެސް އެކި ބާވަތްތަކުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި އިންޒާރު ދިނުމާއި އަނިޔާދީ މާރާމާރީ ހިންގުމުގެ މައްސަލަތައް ހިމެނެ އެވެ.