Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ކޮފީފުޅިއެއް ވަގަށް ނެގުމުން 32،000ރ. ގެ ޖޫރިމަނާއެއް

މާލޭގެ ފިހާރައަކުން ކޮފީފުޅިއެއް ވަގަށް ނެގި މީހަކު 32،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

މިދިޔަ ޑިސެމްބަރު މަހު، ރެޑްވޭވް ޕްލާޒާއިން، ނެސްކެފޭ ކްލެސިކް ކޮފީފުޅިއެއް ވަގަށް ނެގި މައްސަލައިގައި ކްރިމިނަލް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ޖޫރިމަނާކޮށްފައި ވަނީ ށ. ކޮމަންޑޫ މީހެއްގެ މައްޗަށެވެ. ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އެ މީހާ ވަގަށް ނެގި ކޮފީފުޅީގެ އަގަކީ 175ރ. އެވެ. އެ ފުޅި ވަގަށް ނަގައި، އޭނާގެ ޓީޝާޓު ތެރެއަށްލައި ފޮރުވައިގެން ފައިސާ ނުދައްކައި ފިހާރައިން ނުކުމެގެން ދާން މަސައްކަތްކޮށްފައިވާ ކަމަށް އަމުރުގައިވެ އެވެ.

މި މައްސަލައިގައި މައްޗަށް ދައުލަތުން އުފުލީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ޝަރީއަތުގައި އޭނާ ކުށަށް އިއުތިރާފުވެ، ލުއި އަދަބަކަށް އެދުމުން ފަސް މަހުގެ ޖަލު ހުކުމެއް އަންނަ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރުމަށެވެ. އެގޮތުން 32،800ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.

އެހެން ކަމުން 175 ރުފިޔާގެ ކޮފީ ފުޅީގެ ބަދަލުގައި އޭނާ ދައުލަތަށް 32،800 ރުފިޔާ ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.