Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފުލުހަކަށް ހަމަލާ ދިން މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދިންކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރު، ނޫރު، އަލީ ޝަހީމް، 27، އެވެ.

އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވެ އެވެ. ކޯޓު އަމުރުގައިވާ ގޮތުން ޝަހީމްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަކަށް ހެކި ލިބިފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި އަނިޔާ ލިބުނު މީހާގެ ބަޔާނާއި އަނިޔާގެ ފޮޓޯތަކާއި ކުށުގެ ރިކޯޑް ހުށަހަޅާފައިވެ އެވެ.

ޝަހީމަކީ ހައްޔަރާއި ބަންދު ރެކޯޑް ވެސް އޮންނަ މީހެކެވެ.