Last Updated: June 5, 18:06
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ކްރީމީ ޗިކަން ސްޕެގެޓީ

* ބޭނުންވާ ތަކެތި:

1 ޕެކެޓް ސްޕެގެޓީ (މަޑުކޮށްފައި)
250 ގްރާމް ބޯންލެސް ކުކުޅު (ކުދިކޮށް ކޮށާފައި)
1 ފިޔާ (ކޮށާފައި)
3 ލޮނުމެދު (ކޮށާފައި)
1 ކުޑަ ޕެކެޓް ކުކިން ކްރީމް
2 ފޮތި ޗީޒް
1 މޭޒުމޭޒު ސަމުސާ ބަޓަރު
ލޮނު (ރަހަލާ ވަރަށް)
އަސޭމިރުސް (ރަހަލާ ވަރަށް)
އޮރެގާނޯ އަދި ރޯސްމެރީ (ރަހަ ޖައްސަން)
1 ތޮޅި މިރުސް (ނުވަތަ ބޭނުންވާ ވަރަށް)
ކައްކާ ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ތަވާ ހޫނުކޮށްލުމަށް ފަހު ތެޔޮ އަޅާލުމަށް ފަހު ކޮށާފައި ހުރި ބޯންލެސް ކުކުޅު ކޮޅު ރޯފިލުވާލާށެވެ. ކުކުޅު ރޯފިލަމުންދާ ވަރަކަށް ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް އަޅަމުން ކައްކަމުންދާށެވެ. ކުކުޅުކޮޅު ރޯފިލުމުން ކުކުޅު ވަކިން ތައްޓަކަށް އަޅާފައި ބަހައްޓާށެވެ.

ދެން ކުކުޅު ރޯފިލުވި ތަވާއަށް ބަޓަރުކޮޅެއް އަޅާފައި ހޫނުކޮށްލާށެވެ. އެއަށްފަހު އޭގެތެރެއަށް ލޮނުމެދު އަޅައި، ކުޑަކޮށް ރޯފިލުމުން އޭގެތެރެއަށް ފިޔާ އަޅާނީއެވެ. ފިޔާ ރަނގަޅަށް ރަތްވަންދެން މީރުކުރުމަށްފަހު އޭގެ ތެރެއަށް ތޮޅި މިރުސް އެޅުމަށް ކައްކާނީ އެވެ.
އެއަށް ފަހު ކުރިން ރޯފިލުވާފައި ހުރި ކުކުޅުކޮޅު އެއްކޮށްލުމަށް ފަހު ކައްކާލާށެވެ. ހުރިހާ ބާވަތެއް ރަނގަޅަށް އެއްވުމުން ކުކިން ކްރީމް (ކުޑަ ޕެކެޓެއް) އެއްކޮށް އަޅާލުމަށް ފަހު އެއްކޮށްލާށެވެ. ކެކެމުންދާ ވަރަކަށް އޭގެތެރެއަށް އޮރެގާނޯ އާއި ރޯޒްމެރީ އަޅާނީއެވެ.

ކުޑައިރުކޮޅަކަޑް ކައްކާލާފައި އޭގެ މަތީގައި ދެ ފޮތި ޗީޒް ބާއްވާށެވެ.

ޗީޒް ގިރުމުން ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު، ސްޕެގެޓީ ކެއްކި ފެނުގެ ކުޑަ ފެންފޮދެއްވެސް އަޅާލާށެވެ. ދެން ކުޑަ އިރުކޮޅަކު ކައްކާލުމުން ސޯސްގަނޑު ތައްޔާރުވީއެވެ. ދެން ތައްޔާރުކުރި ސޯސްގަނޑު ތެރެއަށް ކުރިން މަޑުކޮށްފައި ހުރި ސްޕެގެޓީ އަޅައި ރަނގަޅަށް އެއްކޮށްލާނީ އެވެ.
.