Last Updated: June 4, 23:58
Friday, June 5, 2026
ޚަބަރު

ކުރީގެ ޕީޖީ މުހުތާޒް މުހުސިން ހައްޔަރުކޮށްފި

ކުރީގެ ޕީޖީ މުހުތާޒް މުހުސިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުހުތާޒު މުހުސިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުން ބަލަމުން ގެންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.

'އައްޑޫލައިވް' އަށް އިތުބާރު ހުރި ގޮތެއްގައި އެނގިފައިވާ ގޮތުގައި މުހުތާޒް މުހުސިން ހައްޔަރުކޮށްފައިވަނީ ރޭ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރާއި ގުޅުން ހުރި މައްސަލައެއްގައެވެ.

މުހުތާޒަކީ ރައީސް އަބްދުﷲ ޔާމިން އަވަހާރަކޮށްލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.