މި ރަމަޟާން މަހު އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ތ. ދިޔަމިގިލީގައި އޮންނާނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ްއެ ފޯރަމްގެ މައުޝޫ އަކީ 'ރަމަޟާން މަހުގެ މާތްކަން' ކަމަށާއި ފޯރަމްގައި ތަޤުރީރު ކުރައްވާނީ އައްޝައިޚް ޢާޒިމް ޚާލިދު ކަމަށެވެ.
ފޯރަމް ފެށުމަށް ހަމަޖެހިފައި ވަނީ 9:30 ގައެވެ.
ފޯރަމް އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖުންނާއި މުންނާރު ޓީވީން ލައިވް ކުރާނެ އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް އިޙްޔާ ފޯރަމްތަކަށް ދާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް ހާއްސަ އިނާމުތަކެއް ވެސް ދޭނެ އެވެ.
މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ބާއްވާނެ އެވެ.