އަލްމަރްޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަނގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި އެވެ.
ބަނގްލަދޭޝްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދާއި ޢަބްދުއްރަޙްމާން ފަރީދެވެ.

ފަރީދު މަސައްކަތް ކުރައްްވަމުން ގެންދެވި ޚިދުމަތް ޖަމިއްޔާއިން ހާމަކުރި ގޮތުގައި މި މިސްކިތަކީ ޖަމާޢަތުގައި 300 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

މީގެ އިތުރުން، އެ ޖަމިއްޔާއިން ވަނީ ޝައިޚް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމައި، އެކަމަށް އެހީތެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފަ އެވެ. އެ މިސްކިތަކީ 2،500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.