ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް، އޭނާގެ މަންމަގެ ހަނދާނުގައި ނ. ކެނދިކުޅުދޫގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފި އެވެ.
މަސްޖިދު ޝަމީމާ އަބްދުﷲ ގެ ނަމުގައި ބިނާކުރި އެ މިސްކިތަކީ ރަށުގެ ރައްޔިތުންނާއި އެރަށަށް ޒިޔާރަޔް ކުރާ ދަތުރުވެރިންނަށް ހާއްސަކޮށްގެން ރަށުގެ ބަނދަރުމަތީގައި ހުޅުވި މިސްކިތެކެވެ. މިސްކިތް ހުޅުއްވައިދެއްވީ ސިޔާމް އެވެ.
މިސްކިތް ހުޅުއްވައި ދެއްވުމަށް ފަހު، އެ މިސްކިތުގައި އިމާމުވެ ނަމާދުކުރެއްވީ ވެސް ސިޔާމެވެ. އަދި އެއަށް ފަހު ކެނދިކުޅުދޫ ބަނދަރުގައި ތައްޔާރުކޮށްފައިވާ ރޯދަވީއްލުމެއްގައި ވެސް ސިޔާމް ބައިވެރިވެވަޑައިގެންނެވި އެވެ.
ސިޔާމް އިއްޔެ ވަނީ ނ. ކުޑަފަރީގައި އޭނާގެ ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރި މިސްކިތެއް ހުޅުވާފަ އެވެ. އެ މިސްކިތަށް ނަންދެއްވާފައި ވެސް ވަނީ ބައްޕާފުޅުގެ ނަމުންނެވެ. އެ މިސްކިތުގެ ނަމަކީ "މަސްޖިދުލް މުޙައްމަދު ޤާސިމް"އެވެ.