Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވެ ގެއްލުންވެއްޖެ

ހުޅުމާލޭގެ ފްލެޓެއްގެ އެޕާޓްމަންޓްގައި ރޯވެ ގެއްލުންތަކެއްވެއްޖެ އެވެ.

ރޭ 11:00 އެހާކަށްހާ އިރު، އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލޭ ފޭސް އެކެއްގެ އެވެނިއުގެ 7 ވަނަ ބުރީގަ އެވެ. އެ ހާދިސާގައި އެ އެތަނުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

އެހެންވެ ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ އެޕާޓްމަންޓްގައި ދިރިއުޅުނު ފަސް މެންބަރުން ހިމެނޭ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ނޭވާހިއްލާ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

އެޕާޓްމަންޓްގައި ރޯވި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އެތަނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު އެންޑީއެމްއޭ އިން އަންނަނީ ބަލަމުންނެވެ.