Last Updated: June 5, 20:43
Friday, June 5, 2026
މުނިފޫހިފިލުވުން

ބޮބީގެ 'ބަންދަރު' މެއި 22 ގައި

އިންޑިއާގެ މަޝްހޫރު އެކްޓަރު ބޮބީ ޑިއޯލްގެ އާ ފިލްމު 'ބަންދަރު' އަންނަ މެއި މަހުގެ 22 ގައި ސިނަމާތަކަށް ގެންނަން ނިންމައި ގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

މި ފަހުން ފިލްމުތަކުގައި ވަރުގަދަ ސަޕޯޓިން ރޯލުތަކެއް ކުޅެމުން އަންނަ 57 އަހަރުގެ އެކްޓަރު އާ ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ކޭޝަޕް ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. ބޮބީ ލީޑުން އަދި ވަރަށް ރޯލަކުން ފެންނާނެ 'ބަންދަރު' އަކީ އަނޫރާގާ އެކު އޭނަ މަސައްކަތްކުރި ފުރަތަމަ ފިލްމު ވެސް މެ އެވެ.

މީގެ ކާސްޓްގައި ސާނިއާ މަލްއުތުރާ، ސަޕްނާ ޕައްބީ، ރިތިކް ރޯޝަންގެ ލޯބިވެރިޔާ ސާބާ އާޒާދު، އިންދަރުޖީތު ސުކްމަރަން، ރިދީ ސެން، ޖޯޖޫ ޖޯޖް، ރާން ބީ ޝެޓީ އަދި ޖިތެންދުރަ ޖޯޝީ ހިމެނެ އެވެ.

މެއި މަހު 'ބަންދަރު' ސިނަމާތަކަށް ދޫކޮށްލަން ނިންމި އިރު، މި ފިލްމު މިދިޔަ އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރީމިއާކޮށްފައިވެ އެވެ.

ގޭންސްގް އޮފް ވަސޭޕޫރް އާއި ބްލެކް ފްރައިޑޭ އާއި ދޭވް ޑީ ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަނޫރާގުގެ ފިލްމަކަށް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައީ މި މަހުގެ 20 ގައި ޒީ5 އިން ޕްރީމިއާކުރި 'ކެނެޑީ ' އެވެ. އެ އެކްޝަން ތުރިލާގެ ތަރިންނަކީ ރާހުލް ބަޓާއި ސަނީ ލިއޯން އެވެ.