އެމެރިކާ އިން އަލުން ހަނދަށް ދާން ކުރިއަށް ގެންދާ މިޝަންގެ އާ ދަތުރު އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށް އެ ގައުމުގެ ޖައްވީ އިދާރާ، ނާސާ އިން ބުނެފި އެވެ.
'އާޓެމިސް' ގެ ނަމުގައި ހަނދަށް ވާސިލުވާން އެމެރިކާ އިން މިޝަނެއް ކުރިއަށް ގެންދާ މިހާރު ގިނަ އަހަރުތަކެއްވެއްޖެ އެވެ. އެގޮތުން އެކި ފަހަރު މަތިން އެކި ޓައިމްލައިންތައް ވެސް އިއުލާންކޮށްފައިވެ އެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި މިކަން މިހާތަނަށް އޮތީ ވަރަށް ބޮޑަށް އޮތީ ދިގުލައިގެން ގޮސްފަ އެވެ.
ނާސާ އިން ބުނި ގޮތުގައި މިހާރު އަމާޒު ހިފާފައި އޮތީ ހަނދަށް ފޮނުވާ ކްރޫ އަންނަ މަހުގެ 6 ހިސާބުގައި ފުރުވައިލުމަށެވެ. އެހެންވެ އެކަމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެސް ވެފައިވާ ކަމަށް ބުންޏެވެ.
'އާޓެމިސް 2' މިޝަންގެ ދަށުން މި ފަހަރު ކްރޫން ފުރުވައިލަން މިވާ ތައްޔާރީ އަކީ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުގައި މިކަން ކުރިއަށް ގެންދާ ދެވަނަ ފަހަރެވެ. ނާސާ އިން ބުނީ މި ފަހަރުގެ މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި ތައްޔާރީތައް ވަރަށް ފުރިހަމަ އަސް ވެފައިވާ ކަމަށެވެ.
އެމެރިކާ އިން ހަނދަށް ފޮނުވާ ޓީމުގައި ހިމެނެނީ ހަތަރު އެސްޓްރޮނޯޓެކެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ. ހަނދަށް ފޮނުވާ ޓީމު ނާސާ އިން އިއުލާންކުރީ 2023 ގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވިކްޓާ ގްލޯވާ، 49، އާއި ރީޑް ވައިސްމަން، 50، ޖެރެމީ ހެންސެން، 50، ގެ އިތުރުން ކްރިސްޓީނާ ކޮޗް، 47، އެވެ.
Here they are. @SenBillNelson announces the #Artemis II crew, the next astronauts to fly around the Moon:@Astro_Christina@Astro_Jeremy@AstroVicGlover@Astro_Reid
We go together. https://t.co/XdUizg2Wye pic.twitter.com/6Yo4I2lKeJ
— NASA (@NASA) April 3, 2023
ނާސާ އިން ބުނީ އާޓެމިސް 2 މިޝަން ކާމިޔާބުވެއްޖެ ނަމަ، އެ ހުޅުވުނީ ތިން ވަނަ މިޝަން ކަމަށާއި ހަނދަށް 2028 ގައި ލޭންޑް ކުރެވޭނެ ކަމަށެވެ.
އެމެރިކާ އިން ފުރަތަމަ ހަނދަށް ދިޔައީ 1969 ގަ އެވެ. އަދި އެ ޝަރަފު ލިބުނު ފުރަތަމަ އެސްޓްރޮނޯޓަކީ 2012 ގައި މަރުވެފައިވާ ނީލް އާމްސްޓްރޯންގެވެ.
އެމެރިކާ އަލުން ހަނދަށް ދާން މަސައްކަތް ކުރަމުން އަންނަ ޗައިނާ އިން އަންނަނީ 2030 ގެ ކުރިން އެކަން ކާމިޔާބުވޭތޯ މަސައްކަތް ކުރަމުންނެވެ.