Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ބިދޭސީއަކު އެހެން ބިދޭސީއަކު ރަހީނުކޮށްފި

ބިދޭސީއަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި އެހެން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ އިގުބާލް މިއާ، 35، އެވެ.

އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވެ އެވެ. ކޯޓު އަމުރުގައިވާ ގޮތުން އިގްބާލް ކުށް ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވެ އެވެ. އަދި އޭނަ އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

އިގުބާލް މިއާ އަށް ކުރަނީ ބިދޭސީއަކު ރަހީނުކޮށްގެން ގެންގުޅެ އަނިޔާކޮށްފައިވާކަމުގެ ތުހުމަތެވެ.