Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

މަޖިލީހުގެ ޖަލްސާތައް މިހަފްތާގައި ނުބާއްވަން ނިންމައިފި

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މިހަފްތާގައި ނުބާއްވާ ގޮތަށް ނިންމައިފި އެވެ.

މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވެފައި ވަނީ މަޖިލީހުގެ ޖަލްސާތައް މިހަފްތާގައި ނުބާއްވަން ނިންމާފައި ވަނީ މަޖިލީހުގެ ޗެމްބަރު ތެރޭގައި ކަރަންޓު ޝޯޓެއްވެ، ހިނގާދިޔަ އަލިފާނުގެ ހާދިސާ އާ ގުޅިގެން މަޖިލިސް ޗެމްބަރު މަރާމާތުކޮށް ނުނިމޭތީ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ދެން ބޭއްވޭނެ ވަކި ދުވަހެއް އަމީން އާއްމު ހާމަކޮށްފައެއް ނުވެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަޖިލިސް ޗެމްބަރު ތެރޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން މަޖިލިސް ހުޅުވި ޖަލްސާ ބާއްވާފައި ވަނީ ދަރުބާރުގޭގަ އެވެ.