Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މިދިޔަ މަހު ގްރީން ޓެކްހަށް 221 މިލިއަން ރުފިޔާ

މިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި 221 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތަށް ޖުމްލަ 221,796,366 ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 108,263,248 ރުފިޔާއާ އަޅާ ބަލާއިރު 104.8 ޕަަސެންޓްގެ އިތުރުވުމެކެވެ.

ގްރީން ޓެކްސް ނަގަން ފެށީ 2016 ގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ޓޫރިސްޓުން އަތުން ނެގޭ ޓެކުހެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީތަކާއިހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ.

މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ.