މާލޭގެ މޫނުމަތިން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިން ވަނަ އަދި ފަހު ސެގްމަންޓްގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް އެމްޓީސީން ބުނެފި އެވެ.
މި ސެގްމަންޓްގައި ހިމެނެނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްޤީކުރުމެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ރަސްމީ ފާލަމުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ހުޅުވައިލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ދެވަނަ ސެގްމަންޓްގައި ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްގީކޮށް ނިންމައި، ހުޅުވައިލީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
މުޅި މި މަޝްރޫއު ނިމޭ އިރު، 1،088 މީޓަރުގެ ސަރަހައްދެއް އޮންނާނީ ޖާގަ ތަނަވަސްކޮށެވެ.
އެމްޓީސީސީން ބުނީ އަމާޒަކީ އޭޕްރިލް ނުވަތަ މެއި މަހާ ހިސާބަށް ސެގްމަންޓް ތިނެއް އެއްކޮށް ނިންމާލުން ކަމަށެވެ.