Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

މާލެ އިން ގެއްލުނު މީހާ އަދިވެސް ނުފެނޭ

މީގެ ހަ ދުވަސް ކުރިން މާލެއިން ގެެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަނީ ހ. ފެވަރިޓްވިލާ/މާލެ، އިބްރާހީމް އިމްތިޔާޒް އަލީ، 30، އެވެ.

އޭނަ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ހޯދުމުގެ މަސައްކަތުގައި އާންމުގެ އެހީ އަށް ފުލުހުން އެދުނީ ރެ އެވެ.

ފުލުހުން ރޭ ބުނީ މި މަހުގެ 13 ވަނަ ދުވަހު މެންދުރު 12:00-1:00 އާ ދެމެދުގެ ވަގުތެއްގައި އިމްތިޔާޒް ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 5:15 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެންޗެ އޭނައާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅަައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.