ސ. ހިތަދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، ސައިކަލެއްގައި ރޯކޮށް އަންދާލި މައްސަލައިގެ ތަޙްޤީޤް ނިންމައި ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
މި މަހުގެ 17 ވަނަދުވަހު ތަހްޤީޤްކޮށް ނިންމައި ދަޢުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ސ.ހިތަދޫ އަސްރާމަންޒިލް، އިބްރާހިމް އަސްވަދު (26އ) އާއި ސ.ހިތަދޫ ހަނދުވަރުގެ، އިސްމާޢީލް ރަޝީދު (20އ) އާއި ސ.ހިތަދޫ ހިމިތީގެ، ޙަސަން އަޙްމަދު (20އ) އާއި ސ.ހިތަދޫ ޗާނދުމާގެ، ޢަލީ ސަމްޢާން (18އ) ގެ އިތުރުން ސ.ހިތަދޫ ގަދަކޯޅިގެ، މުޙައްމަދު އަޛާނު ޢަލީ (18އ) ގެ މައްޗަށެވެ.
މި ފަސް މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އޮގަސްޓް 31، 2012 ވަނަ ދުވަހުގެ ރޭ 21:30 އެހާކަށްހާ އިރު ހިތަދޫ ގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހެއްގެ ސައިކަލެއްގައި ރޯކޮށް އަންދާލައިފައިވާކަމަށް ތުޙުމަތު ކުރެވޭ މައްސަލައިގަ އެވެ.
މި ހާދިސާގައި މި ފަސް މީހުން ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމަށް ފަހު ސައިކަލް ފޭރިގަނެގެ ންގޮސް އަންދާލާފަ އެވެ.
.