Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރަށް

މާލޭގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ނަޔަން މިއާ، 36، އާއި މުހައްމަދު މޮޝަރޮފް، 35، އެވެ.

އެ ދެ މީހުން ހައްޔަރުކޮށްބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް ހަތް ދުވަސް ޖަހާފައިވެ އެވެ.

ކޯޓް އަމުރުގައިވާ ގޮތުން އެ މާރާމާރީގައި އިތުރު ބަޔަކު ވ ެސް ބައިވެރިވި ކަމަށާއި މާރާމާރީގައި ބައިވެރިވި ދެ މީހަކު ފިލާފައިވާ ކަމަށް ބުނެފައިވެ އެވެ.