ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ރީރަޖިސްޓާ ވުމަށް ދިން ފުރުސަތު މާދަމާ ހަމާވާނެ އެވެ.
ވޯޓުލާން މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރީރަޖިސްޓާ ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން، މާދަމާ މެންދުރު ފަހު 3:00 އާ ހަމައަށެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން އެސްއެމްއެސް މެދުވެރިކޮށް ނުވަތަ އީސީގެ ވެބްސައިޓު މެދުވެރިކޮށް ވެސް ބަލައިލެވޭނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް ވޯޓުލާން ދާން ޖެހޭ ތަން ބަލާނީ [VR space IDNo] ޖެހުމަށް ފަހު، 1414 އަށް މެސެޖުކޮށްގެންނެވެ.
ވޯޓުލާ މަކަޒު ބަދަލުކުރަން ބޭނުންނަމަ، އީސީގެ ރީ ރެޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށް، މަރުކަޒު ބަދަލުކުރުމަށް ހުށަހެޅޭނެއެވެ.
ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ، އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކީގަ އެވެ. ނުފެންނަ ނުފެންނަ ވޯޓް ގުނަން ފަށާނީ، އެ ވޯޓު ނަގައި ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުއެވެ. އަދި ވޯޓުގެ ރަސްމީ ނަތީޖާ އެޕްރީލް 11 ގައި އިއުލާން ކުރާނެ އެވެ.