Last Updated: June 5, 18:06
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: އޯވަނައިޓް އޯޓްސް

* ބޭނުންވާ ތަކެތި:

އޯޓްސް ތައްޔާރު ކުރަން

2/3 ޖޯޑު އޯޓް ފްލޭކްސް/ރޯލްޑް އޯޓްސް
2/3 ޖޯޑު ޕެސްކުއަލް ވިވޭ ސޯއި އޯޓް މިލްކް
1/3 ޖޯޑު ވެނީލާ ގްރީކް ޔޯގަޓް
2 މޭޒުމަތީ ސަމުސާ މާމުއި
½1 ސައިސަމުސާ ޗިއާ ސީޑް
¼ ސައިސަމުސާ ވެނީލާ އެސެންސް

މައްޗަށް އެޅުމަށް:

10 ބްލޫބެރީ
6 ކޮށާފައި ހުރި ދޮންކެޔޮ ފޮތި
4 ކޮށާފައި ހުރި ސްޓްރޯބެރީ
2 ކޮށާފައި ހުރި ކަދުރު

* ތައްޔާރު ކުރާނެ ގޮތް:

1. ކުޑަ ބޯތަށްޓަކަށް 2/3 ޖޯޑު އޯޓް ފްލޭކްސް/ ރޯލްޑް އޯޓްސް، 2/3 ޖޯޑު ޕެސްކުއަލް ވިވޭ ސޯއި އޯޓް މިލްކް، 1/3 ޖޯޑު ވެނީލާ ގްރީކް ޔޯގަޓް، 2 މޭޒުމަތީ ސަމުސާ މާމުއި، ½ 1 ސައިސަމުސާ ޗިއާ ސީޑް އަދި ¼ ސައިސަމުސާ ވެނީލާ އެސެންސް އަޅާށެވެ. ސަމުސަލެއް ބޭނުންކޮށްގެން ރަނގަޅަށް އެއްކޮށްލާށެވެ.
2. އެއްކުރި އޯޓްސް ދެ ކުޑަ ތަށްޓަށް ނުވަތަ ކޮންޓެއިނަރަކަށް އެއްވަރަށް އަޅާލާށެވެ. އަހަރުމެން ބޭނުންކުރީ 3 އިންޗި ވަށް، 3 އިންޗި ދިގު، 2 ބިއްލޫރި ތަށްޓެވެ.
3. ކޮންމެ ތަށްޓެއްގެ މައްޗަށް 5 ބްލޫބެރީ، 3 ކޮށާފައިހުރި ދޮންކެޔޮ ފޮތި، 2 ކޮށާފައިހުރި ސްޓްރޯބެރ، 1 ކޮށާފައިހުރި ކަދުރު އަޅާލާށެވެ. (ބޭނުން މޭވާއެއް ނުވަތަ ނަޓްސް މައްޗަށް އަޅާލެވޭނެއެވެ.)
4. ތަށީގައި މަތި ޖަހާފައި ނުވަތަ ފުޑް ރެޕް ބޭނުން ކޮށްގެން މަތި ބަންދު ކޮށްފައި 12 ގަޑީރުވަންދެން ނުވަތަ އޯވަނައިޓް ފްރިޖްގައި ބަހައްޓާށެވެ. މި އޯޓްސް ފްރިޖްގައި 5-3 ދުވަސް ވަންދެން ބެހެއްޓޭނެއެވެ. އެހާ ދުވަސް ބަހައްޓަން ބޭނުންވާނަމަ މައްޗަށް އަޅާ އެއްޗެހި ކެއުމުގެ ކުރިން އެޅުމުން ތާޒާވާނެއެވެ.

މަސްދަރު: ލޮނުމެދު.ކޮމް