Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފޭދޫގައި ލަންކާ މީހަކު އިސްލާމްވެއްޖެ

އައްޑޫ ފޭދޫގައި މަސައްކަތް ކުރަމުން އަންނަ ސްރީ ލަންކާގެ މީހަކު އިސްލާމްވެއްޖެ އެވެ.

މިއަދު އަސްރު ނަމާދަށް ފަހު އިސްލާމްވި މީހާ އަކީ ފޭދޫގައި ހިންގަމުން އަންނަ ނަޔާ ސެލޫންގައި މަސައްކަތްކުރާ އަރަޗިގެ ވަރްނަ ޕްރަބަތު ސަދަރުވަން ކިޔާ މީހެކެވެ. އޭނަ އަށް ފޭދޫ ބޮޑު މިސްކިތުގައި ޝަހަދާތުގެ ދެ ކަލިމަ ލައި ދެއްވީ އެ މިސްކިތުގެ އިމާމު ޝައިހް އަހުމަދު ރިމާޒެވެ.

އިސްލާމްދީން ޤަބޫލު ކުރުމާ ގުޅިގެން ވަރްނަގެ ނަން ވަނީ ޢަބްދުﷲ އާދަމްގެ ނަމަށް ބަދަލުކޮށްފަ އެވެ.

މީގެ ކުރިން ވެސް އައްޑޫގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެ މީހުންގެ ދީން ދޫކޮށްލައި އިސްލާމް ދީނަަށް ވަދެފައިވެ އެވެ.