Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ހަމަހަމަކަން ކަށަވަރު ނިޝާނަށް މުއްދަތު އިތުރުކޮށްފި

ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމު ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އިދާރާތަކުން ހަމަހަމަކަން ކަށަވަރު ނިޝާން (ޖެންޑާ އީކުއަލިޓީ ސިލް) އަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތިރުކޮށްފި އެވެ.

ހަމަހަމަކަން ކަށަވަރު ނިޝާން ނުވަތަ ޖެންޑަ އީކުއަލިޓީ ސިލްއަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން، ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ނިޝާނެކެވެ. އެގޮތުން، ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތަކަށް ފެތޭ އިދާރާތަކުން ހަމަހަމަކަން ކަށަވަރު ނިޝާން ދޭން ވަނީ ނިންމައިފަ އެވެ.

އެ ނިޝާން ދޭނީ ތިން ލެވެލްއަކަށެވެ. މިއީ ބްރޯންޒް، ސިލްވާ އަދި ގޯލްޑް ލެވެލް އެވެ. އެެ ނިޝާންގެ މިންގަނޑު ސޯޝަލް މިނިސްޓްގެ ވެބްސައިޓް އިން ލިބެން ހުންނާނެ އެވެ.

އެކަމަށް އެޕްލިކޭޝަންތައް ހުށަހެޅުމުގެ ފުރުސަތު މިހާރު އަންނަ މަހުގެ 31 ގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ސޯޝަލް މިނިސްޓްރީން ބުންޏެވެ.