މި ރޯދަ މަހު ދުވާލު ކެއި މީހަކު އަނެއްކާ ވެސް މާލެ އިން ހައްޔަރުކޮށްފި އެވެ.
ރޯދަ ނުހިފައި އާންމު ތަނެއްގައި ކެއި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޅ. ކުރެންދު އަށް ނިސްބަތްވާ ފިރިހެނެކެވެ. ފުލުހުން އޭނަ ރޯދަ މަހު ދުވާލު ކެއުމުގެ އިތުރަށް ވައްކަމުގެ ތުހުމަތުގައެވެ. އޭނަ ވައްކަންކުރީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންނެވެ.
މި މައްސަލައިގައި އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ އޭނައާ ހަވާލާދީ ބަންދު އަމުރުފައި ބުނެފައިވާ ގޮތުގައި އޭނަ އަކީ އުޅޭނެ ތަނެއް ނެތް، ކާނެ ގޮތެއް ބޯނެ ގޮތެއް ނެތް، ވަޒީފާއެއް ވެސް ނެތި މަގުމަތީގަ އާއި ޖޯލި ފަތިތަކުގައި ނިދައި އުޅޭ މީހެއް ކަމަށް ބުނެފައިވެއެވެ.
ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން އޭނަ ހައްޔަރުކުރީ ރޯދަ މަހުގެ ދުވާލު ކާން އިންދަ އެވެ. އޭނާ ކާން އިންއިރު، ކައިރީގައި ރޫޅާލާފައިވާ އޭސީ އައުޓްޑޯ ޔުނިޓަކާއި އެ ރޫޅާލަން ބޭނުންކުރާ ޓޫލްސްތަކެއް ހުރި ކަމަށާއި އެއީ މޯލްޑިވްސް ޑިޖިޓަލް ސާވިސް އިން ވަގަށް ނަގާފައިވާ އެެެއްޗެއް ކަމަށް ބުނެފައިވެ އެވެ.
އެ މީހާ އަކީ ކުށުގެ ގިނަ ރެކޯޑްތަކެއް އޮތް މީހެވެ.
މި ރޯދަ މަހު ކައިގެން މިދިޔަ ހަފުތާގެ ތެރެގައި ވެސް ދެ މީހަކު މާލެ އިން ހައްޔަރުކޮށްފައިވެ އެވެ. އެ ދެ މީހުންގެ ތެރެއިން އެކެއްގެ ބަންދަށް 15 ދުވަސް އަދި އަނެއް މީހާގެ ބަންދަށް 6 ދުވަސް ޖަހާފައިވެ އެވެ.