Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރާއްޖޭގެ ބާޒާރުން ނެސްކެފޭ ކޮފީ ލިބުން ދަތިވެއްޖެ

ރާއްޖޭގެ ބާޒާރުން ނެސްކޭ ކޮފީ ހުސްވެ، ލިބުން ދަތިވެއްޖެ އެވެ.

ނެސްކެފޭ އަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު އާންމުކޮށް ބޭނުންކުރީ ކޮފީ ބްރޭންޑެވެ. ނަމަވެސް މި ކޮފީ ލިބުން ދަތިވެފައިވާތާ މިހާރު ތިން މަހެއްހާ ދުވަސްވަދާނެ އެވެ.

މާލޭގެ ބާޒާރުން ވެސް ނެސްކެފޭ ކޮފީ ލިބުން ދަތިވެފައިވާ އިރު، ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުން ވެސް މި ކޮފީ މިހާރަކު ނުލިބެ އެވެ. ހާއްސަކޮށް ނެސްކެފޭ ކުދި ފުޅި/ދަޅުގެ އިތުރުން މެދު ސައިޒްގެ ފުޅި/ދަޅު ވެސް ވަރަށް ގިނަ ފިހާރަތަކުން ހުސްވެފައިވެ އެވެ.

ރާއްޖޭގެ އެންމެ ދެކުން އައްޑު އަށް ބަލާ އިރު، ވަރަށް ގިނަ ފިހާރަތަކުން ވެސް މިހާރު އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ ސައިޒްގެ ނެސްކެފޭ ކޮފީ ފުޅި/ދަޅު ލިބޭކަށް ނެތެވެ. ކޮފީ ހުރި ތަންތަނަަށް ބަލާ އިރު، ގިނަ ތަންތާނގައި މަދުން ނަމަވެސް ލިބެން ހުރީ އެންމެ ބޮޑެތި ސައިޒްގެ ދަޅުތަކެވެ.

އައްޑޫގެ ބައެއް ފިހާރަތަކުން ބުނީ އެ މީހުން ހޯދާ ހޯލްސޭލްކޮށް ނަގާ ތަންތަނުން ވެސް މިހާރު ނެސްކެފޭ ކޮފީ ލިބުމުގައި ވަރަށް ބޮޑު ތާށިކަމެއް އުޅޭ ކަމަށެވެެ. އަދި މިކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ވަރަށް ގިނައިން ލިބެމުންދާ ކަމަށް ފިހާރަތަކުން ބުނެ އެވެ.