ފުލުހުންގެ ވެހިކަލަކާއި ޓްރަކެއް އެކްސިޑެންޓްވެ އިންޑިއާގެ ފަސް ފުލުހަކު މިއަދު މަރުވެއްޖެ އެވެ.
އޮޑިޝާގެ ޖަރްސޫގުޑާ ޑިސްޓްރިކްޓްގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި ފަސް ފުލުހަކު މަރުވެފައިވާ އިރު، ޒަހަމްވި އިތުރު ތިން މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެކްސިޑެންޓްގައި ޒަހަމްވި ފަސް ފުލުހުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.
އެ މީހުންގެ އެސްޔޫވީ އެކްސިޑެންޓްވީ ޑިއުޓީގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
VIDEO | Jharsuguda, Odisha: Five police personnel killed, three critically injured in a head-on collision between a speeding trailer and a Bolero vehicle.
(Full video available on https://t.co/n147TvrpG7) pic.twitter.com/tgDkyrmDHc
— Press Trust of India (@PTI_News) February 22, 2026
ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ތިން މީހުންގެ ހާލު ވަރަށް ދެރަ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ޓްރަކްގެ ޑްރައިވަރު ހައްޔަރުކޮށްފައިވާ ކަމަށް ޖަރްސޫގުޑާ ފުލުހުންގެ ސުޕްރިންޓެންޑެންޓް ގުންޑާލާ ރެޑީ ރަގްވެންދުރަ ވިދާޅުވި އެވެ.
މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.