Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

މެޑިކަލް ޑޮލަރަށް އެދުން ފަސޭހަކޮށް ދީފި

ބޭހަށް ރާއްޖެއިން ބޭރަށް ދާ މީހުންނށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ ގޮތް ހަދައިފި އެވެ.

ގައުމީ ބޭންކުން ބުނީ ބޭރަށް ބޭސް ފަރުވާއަށް ދަތުރުކުރާ މީހުންނަށް މިހާރު ބީއެމްއެލް އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ ކަމަށެވެ. މިކަމަށް ބޭނުންވާނެ ލިއެކިއުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި އަދާހަމަތައްވެސް އެޕް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ނަމަ އެފަރާތަކަށް 2،000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކާނެއެވެ. އަދި އަމިއްލަ އަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް 1،000 ޑޮލަރު ވިއްކާނެ އެވެ.

ބީއެމްއެލުން ބުނީ ޞިއްޙީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށް ކަމަށެވެ. ޑޮލަރު ގަންނަ އެދި ހުށަހަޅާ އިރު، އާސަންދަ ނުވަތަ އެންސްޕާ މެދުވެރިކޮށް ހުށަހަޅާނަމަ، އާސަންދަ ނުވަތަ އެންސްޕާ އެހީ ލިބުނުކަމުގެ ލިޔުމާއި، ޓިކެޓް އަދި ޕާސްޕޯޓް ކޮޕީ ހުށަހަޅަން ޖެހެއެވެ. އަދި ތިން ވަނަ ފަރާތެއްގެ އެކައުންޓަށް ނުވަތަ ބަލިމީހާއާ އެކު ދަތުރުކުރާ އެހީތެރިއަކަށް ފައިސާ ޖަމާ ކުރާ ނަމަ ބަލިމީހާ އާއި ފައިސާ ޖަމާކުރާ ފަރާތާއި އޮތް ގުޅުން އެނގޭނެ ލިއުމެއް ވެސް ހުށަހަޅަން ޖެހެ އެވެ.

އަދި އަމިއްލަ އަށް ބޭހަށް ދަތުރު ކުރިޔަސް ޞިއްޙީ ފަރުވާ އަށް ބޭނުންވާކަން އެނގޭނެހެން ޑޮކްޓަރުގެ ލިއުމަކާއި ހޮސްޕިޓަލް އެޕޮއިންޓްމަންޓް ހަމަޖެހިފައިވާކަމުގެ ލިއުމެއް ހުށަހަޅަން ޖެހެ އެވެ..