ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އޮފީސްތަކުގެ ޤުރުއާން މުބާރާތުގެ މި އަހަރުގެ މުބާރާތް މިއަދު ފަށައިފި އެވެ.
ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އިންތިޒާމުކުރާ މި މުބާރާތުގައި މި އަހަރު 21 އިދާރާއަކުން 71 މީހުން ވާދަކުރެއެވެ.
މި މުބާރާތުގެ ކިޔެވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށް ސަލްމާން ރަސްގެފާނު މިސްކިތުގަ އެވެ.
މިއަދު މުބާރާތް ފެށި އިރިުއޮތް މުބާރާތުގެ ފުރަތަމަ ދަންފަޅީގައި ކިޔަވާފައި ވަނީ އައިލެންޑް އޭވިއޭޝަނާއި، އެންސްޕާ އާއި، ކްރިމިނަލް ކޯޓާއި، އެޗްޑީސީ އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން މުބާރާތުގައި ވާދަކުރާ 23 ބައިވެރިއެކެވެ.
އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ބާއްވަން ފެށީ 2016 ގަ އެވެ.