Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހުކުރު ދުވަހު ވެސް ތެލެސީމިއާ ސެންޓަރުން ހިދުމަތް ދެނީ

ހުކުރު ދުވަހު ވެސް ތެލެސީމިއާ ސެންޓަރުން ލޭ އެޅުމުގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 1994 ވަނަ އަހަރު ޑިސެމްބަރު 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީޚުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ޚިދުމަތް ދީފައި ނުވާ ކަމަށެވެ.

ނަމަވެސް، މިދިޔަ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައި ވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި އެގޮތުން މިދިޔަ ހުކުރު ދުވަހު ޖުމްލަ 14 ޓްރާންސްފިއުޝަން ހެދި 5 ފަރާތަކުން ލޭ ހަދިޔާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ރަމަޟާން މަސް ނިމުމުންވެސް ހުކުރު ދުވަހު، ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ޚިދުމަތް ކުރިއަށް ގެންދެވޭނެ އެވެ. މީގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން އައުމަަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.