Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މިހާތަނަށް 11 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކޮށްފި

އަތޮޅުތެރޭގެ ރަށްތަކުގެ ސިއްހީ ޚިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 11 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކޮށްފި އެވެ.

ހެލްތް މިނިސްޓްރީއިން ބުނީ، މި އަހަރު ނިމުމުގެ ކުރިން، ލެބޯޓްރީ ނެތް 76 ރަށެއްގައި ލެބޯޓްރީ ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 11 ރަށެއްގައި ލެބޯޓްރީ ގާއިމުކުރެވި ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެެ.

ރާއްޖޭގައި ލެބޯޓްރީ ނެތް ރަށްރަށުގައި އެ ޚިދުމަތް ދޭން ފެށުމަށް ޚާއްސަ މަޝްރޫއެއް ފަށާފައި ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެކެވެ.