1. ކުރަމުން އައި ފާފައިން ވަގުތުން ދުރުވުން
2. ކުރެވުނު ފާފަތަކަށް ހިތާމަކުރުން؛ އެބަހީ: މާތް ﷲ ގެ ޙައްޤުގައި ތިމާ ފަރުވާކުޑަކޮށްފައިވާކަން މައްޗަށް ހިތާމަ ކުރުން
3. ދުވަހަކު ވެސް ތިމާ ތައުބާވި ފާފަ އަށް އެނބުރި ނުދިޔުމަށް ޢަޒުމުކަނޑަ އެޅުން
4. ކުރެވިފައިވާ ފާފައަކީ މީހެއްގެ ޙައްޤަކަށް އަރައިގަތުން ކަމުގައިވާ ނަމަ، އެމީހެއްގެ ކިބައިން އެކަމުގެ ހިތް ޙަލާލު ހޯދުން، ނުވަތަ އެކަމެއް ރައްދު ކުރުން
އެފަދަ ހައްޤަކީ ތިމާ އެވާހަކަ އޭނާ ގާތު ބުނުމުން އެ ހައްޤުގެ ވެރިމީހާގެ ދިރި ޅުމާއި އާއިލާ ރޫޅުން ފަދަ އަދި މި ނޫން ވެސް މިފަދަ އެތައް ފަސާދައެއް އޭނާގެ ޙަޔާތަށް އަންނަ ފަދަ ކަމެއް ކަމުގައިވާ ނަމަ ސީދާ އެވާހަކައެއް ނުބުނެ، ތިމަންނަގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ހިނގާފައިވާ ނަމަ ތިމަންނަ އަށް މަޢާފުކުރާށޭ ބުނާނީ އެވެ. އެހެނީ ބައެއް ކަހަކަލަ ކަންތަކަކީ އެ ވާހަކަ ބުނުމުގެ ސަބަބުން ޢާއިލާތައް ރޫޅި ދަރިން ބިކަވާ ޒާތުގެ ކަންތަކެވެ. އަދި އެއަށް ފަހު ގިނަ ގިނައިން އޭނާ އަށް ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީއެވެ.
ތައުބާވާން ވަކި ނަމާދެއް ކުރާކަށް ނުޖެހެވެ. މަތީގައި ލިޔެވިދިޔަ ހަތަރު ޝަރުޠު ހަމަވުމުން ތައުބާވެވުނީ އެވެ. މީހަކަށް އޭނާ ކުރާ ފާފަތަކުގެތެރެއިން އެއް ފާފާއިން ތައުބާވިޔަސް އެފާފައެއްގެ ތައުބާ ކަމުދާނެއެވެ. ނަމަވެސް ހުރިހާ ފާފައަކުން ތައުބާ ވުމަކީ ވާޖިބެކެވެ. ބޮޑެތި ފާފަތަކުން ވަކިވަކީން ތައުބާ ވާން ޖެހޭނެ އެވެ. ނަމަވެސް ކުދި ފާފާތަކުން ޢާންމުކޮށް ތައުބާ ވުމުން ފުދޭނެ އެވެ.
ރަނގަޅު އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެ ނަމަ މާތް ﷲ ހުރިހާ ފާފައެއް ފުއްސަވާނެ އެވެ. والله أعلم
މަސްދަރު: އިލްމު.އެމްވީ