* ބޭނުންވާ ތަކެތި:
1/2 2 ޖޯޑު ހަކުރު
1/2 1 ޖޯޑު ބަޓަރު
4 ބިސް
1/2 3 ޖޯޑު ފުށް
1/2 ސައިސަމުސާ ލޮނު
1/2 ސައިސަމުސާ ބޭކިން ސޯޑާ
1 ޖޯޑު ބަޓާމިލްކް
1 ސައިސަމުސާ އޮރެންޖް އެސެންސް
2 ޖޯޑު އައިސިން ޝުގާ
1/2 ޖޯޑު އޮރެންޖް ޖޫސް
2 މޭޒުމަތީ ސަމުސާ ބަޓަރު
1 މޭޒުމަތީ ސަމުސާ އޮރެންޖް ޒެސްޓް
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ބަޓަރާއި ހަކުރު ރީއްޗަށް އެއްވަންދެން މިކްސަރުން ގިރާލާށެވެ. ދެން އޮރެންޖް ޖޫސް އަޅަައި، ފަހަރަކު ބިހެއް ލަމުން ގިރަމުން ދާންވީ އެވެ.
އެއަށް ފަހު އެހެން ތައްޓެއްގައި ފުށާއި ލޮނު އަދި ބޭކިން ސޮޑާ އެއްކޮށްފައި ގިރުވި ބައި ތެރެއަށް އަޅާށެވެ. އެއްވުމުން ބަޓަމިލްކް އަޅައި ގިރާލާށެވެ. ހުރިހާ އެއްޗެއް އެއްކޮށް މިކްސްވުމުން އޮރެންޖް ޖޫހާއި ޒެސްޓް އަޅައި ރަނގަޅަށް ގިރާލާށެވެ.
ދެން 165 ޑިގްރީގައި 60-75 މިނެޓް ވަންދެން ފިހެލާނީ އެވެ.
ސާވްކުރުމުގެ ކުރުން ކޭކްގެ މައްޗަށް އައިސިން ޝުގާ ބުރުވައިލާށެވެ.