Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ބިރުދެއްކިޔަސް ހަނިމާދޫގެ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން

ބިރުދެއްކިޔަސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ހަނިމާދޫގެ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހަނިމާދޫގެ ކައުންސިލާއި ޑަބްލިޔުޑީސީއަށް ކުރިމަތިލާ ފަރާތްތަކަށް ބިރު ދެއްކުމަށްޓަކައި ހަނިމާދޫ އެއާޕޯޓުގެ ވަޒީފާ އަދާކުރާ އެތައް ބަޔަކު ވަޒީފާގެ އަޅުންކަމުގައި ހަދާފައވާ ކަމަށެވެ.

ނަމަވެސް ކިތަންމެ ބިރު ދެއްކިޔަސް، ކިތަންމެ އިންޒާރު ދިނަސް މިފަހަރު ހަނިމާދޫ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ބިރު ފަހަނައަޅާ ނުކުންނަވާ. ވަޒީފާގެ އަޅުންނަށް ވެވަޑައި ނުގަންނަވާ. މި ރާއްޖެ ސަލާމަތްކޮށްދެއްވާ،" ޝާހިދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.