Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އީސީގެ ޓިކްޓޮކް މުބާރާތުގެ ދެވަނަ ބުރަށް ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅުވައިގެން އިލެކްޝަން ކޮމިޝަން (އީސީ) އިން "ރަށުގެ ކުރިމަގު" ގެ ނަމުގައި ފެށި ޓިކްޓޮކް މުބާރާތުގެ ދެވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މުބާރާތަށް ތައްޔާރުކޮށް ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން އެންމެ މޮޅު ތިން ވީޑިއޯ ހޮވައި ފައިސާގެ އިނާމު ދޭން ވެސް ހަމަޖެހިފައިވެ އެވެ. އެގޮތުން އެއް ވަނަ އަށް 5،000ރ. ދެވަނަ އަށް 3،000ރ. އަދި ތިން ވަނަ އަށް 2،000ރ. ލިބޭނެ އެވެ.

ޓިކްޓޮކް ވީޑިއޯ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ނަމްބަރު 7871414 އަށް ޓެލެގްރާމް ކުރަން ޖެހެ އެވެ.

މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.

މުބާރާތަށް ތައްޔާރުކުރާ ވީޑިއޯއެއް ވަކި ސިޔާސީ ކޮޅަކަށް ބުރަވެގެން ނުވާނެ ކަމަށް އީސީން ބުންޏެވެ. އަދި ނަފްރަތު އުފެއްދުމުގެ އެއްވެސް ކަމެއް ވެސް ހިމެނިގެން ނުވާނެ ކަމަށާއ އިސްލާމް ދީނުގެ ހަމަތަކާ ހިލާފު، އާންމު އަހުލާގީ މިންގަނޑަށް ނުފެތޭ ބަހާއި މަންޒަރު ވެސް ހުރެގެން ނުވާނެ ކަމަށް އީސީން ބުނެ އެވެ.

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ސަދަކީ، މުބާރާތުގައި ގެނެސްދޭ ވީޑިއޯތައް މެދުވެރިކޮށް، އާންމުން ހޭލުންތެރި ކުރުމާއި އިންތިހާބުގެ އެކިއެކި މަރުހަލާތަކުގައި ރައްޔޮންގެ ބައިވެރިވުން އިތުރުކޮށް، އިންތިހާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ މަދުކުރުމަށް ފަރުދީ ގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުމެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.