މާލޭ އަލިކިލޭގެފާނު މަގުގައި މިދިޔަ އާދީއްތަ ދުވަހު ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސަކަށް ޖާގަ ނުދީ މުދާ ބޭލުމަށް މަގު ބްލޮކްކުރި ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައ ޖޫރިމަނާކޮށްފި އެވެ.
ފުލުހުން ބުނީ ޑްރައިވަރު ފުލުހަށް ހާޒިރުކޮށް ޖޫރިމަނާކުރީ 750ރ. އިން ކަމަށެވެ.
އެ ޑްރައިވަރު އެމްބިއުލާންސަށް ޖާގަ ނުދީ ބާލަން އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މިޑީއާގައި ދައުރުވެފައިުވެ އެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.
މިދިޔަ ހަފުތާގައި އައްޑޫ ހިތަދޫގައި އެކްސިޑެންޓްވި ސަރަހައްދަކަށް އެޓެންޑްވާން އިމަޖެންސީގައި ދަތުރުކުރި އެމްބިއުލާންސަޖަށް ޖާގަ ނުދިނުމުގެ ސަބަބުން އެމްބިއުލާންސް އެކްސިޑެންޓްވެފައިވެ އެވެ. މިކަމާ ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކަންބޮޑުވުން ފާޅުކޮށްްފައިިވެ އެވެ.
އަދި އެކަމަށް އާންމުން ހޭލުންތެރި ކުރަން ކެމްޕޭނެއް ވެސް ފަށާފައިވާ ކަމަށް އެތަނުުން ބުނެފައިވެ އެވެ.