Last Updated: June 5, 20:43
Friday, June 5, 2026
ދުނިޔެ

ޓްރަމްޕްގެ ގޯއްޗަށް ވަން މީހަކު މަރާލައިފި

ފްލޮރިޑާގެ މެރަލެގޯގައި ހުންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގޭގެ ގޯތިތެރެއަށް ހަތިޔާރާ އެކު ވަދެގެން އުޅުނު މީހަކު ސީކްރެޓް ސާވިސް އިން ހަމަލާދީ މަރާލައިފި އެވެ.

ސީކްރެޓް ސާވިސްއާ ހަވާލާދީ މީޑިއާތަކުން ބުނީ އާދީއްތަ މެންދުރު ދުވަހު އެ މީހާ ޓްރަމްޕްގެ ގޯއްޗަށް ވަދެގެން އުޅުނީ ބަޑިއަކާއި ތެޔޮ ވެސް ހިފައިގެން ކަމަށެވެ. އަދި އޭނަ މަޑުކުރަން ތަކުރާރުކޮށް އިންޒާރު ދިނުމުން ވެސް ތަބާ ނުވެ، ގޯތިތެރެއަށް ވަދެގެން ދާން ފެށުމުން އެ ވަގުު ޑިއުޓީގައި ތިބި ސީކްރެޓް ސާވިސްގެ އެޖެންޓުން ދިން ހަމަލާއެއްގައި އެ މީހާ މަރުވެފައިވާ އިރު، އެ ހާދިސާ ހިނގި އިރު ޓްރަމްޕް ހުންނެވީ ވޮޝިންޓަންގަ އެވެ.

އޭނަގެ ގޯއްޗަށް ވަދެގެން އުޅުނު މީހާ އަކީ އޮސްޓިން ޓީ މާޓިން ކިޔާ ނެތޯ ކެރޮލައިނާ އަށް ނިސްބަތްވާ މީހެކެވެ.

މީޑިއާތަކުން ބުނީ އެ މީހާ ޓްރަމްޕްގެ ގޯއްޗަށް ވަދެގެން އުޅެނިކޮށް މަރާލި އިރު، އޭނަ ގެއްލިގެން އާއިލާ އިން އޮތީ ނޯތު ކެރޮލައިލާގެ މޯ ކައުންޓީ ޝެރިފްގެ ފުލުހުންނަށް އާދީއްތަ ދުވަހުގެ ހެނދުނު ރިޕޯޓް ވެސް ކޮށްފައި ކަމަށެވެ.