Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

އީސީގެ މެމްބަރު ކަމަށް ރިފްއަތު އައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން އީސީގެ މެންބަރުކަމަށް ރިފްޢަތު ޢަބްދުﷲ މިއަދު ޢައްޔަންކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރިފްޢަތު ވަނީ އީސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވައިފައެވެ. އޭނަ އަށް މެންބަރުކަމުގެ ހުވާލައި ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. އެ

ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އީސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ރިފްޢަތުއާ ޙަވާލުކޮށް ދެއްވައިފަ އެވެ.

އޭނަ އީސީގެ މެންބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މި މަހުގެ 17 ގަ އެވެ. ރިފްއަތު އީސީގެ
މެންބަރަކަށް އައްޔަންކުރީ އެ ކޮމިޝަނުގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ ދައުރު މި މަހުގެ 21 އަށް ހަމަވުމާ ގުޅިގެންނެވެ.

ރިފްއަތަކީ 2017-2019 އަށް އީސީގެ ލީގަލް ޑިޕާޓްމަންޓްގައި ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ.