ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) ގެ މެންބަރުކަމަށް ޙަސަން ޝަފީޢު މިއަދު ޢައްޔަންކޮށްފި އެވެ.
އޭނަ އެ މަގާގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ޝަފީއު ސޮއި ކުރައްވާފައިވެ އެވެ އޭނަ އަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ،ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ޝަފީއު އަށް ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ޙަވާލުކޮށް ދެއްވައިފަ އެވެ.