ސައުދީ އަރަބިއްޔާ އިން އިސްލާމިކް މިނިސްޓްރީ އަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.
މިއީ ރޯދަ މަހަށް ހާއްސަކޮށްގެން ރައްޔިތުން ބަހަން ހަދިޔާ ކަދުރުގެ ބޭރުން ސައުދީން ހަދިޔާކުރި ކަދުރެވެ.
ކަދުރު ހަދިޔާ ކުރުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަދުރު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށް ދެއްވީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ އެވެ.
ރައްޔިތުންނަށް ބަހަން ސައުދީން ވަރަށް އަވަހަށް 50 ޓަނުގެ ކަދުރު ހަދީޔާކު ކުރަން ހަމަޖެހިފައިވެ އެވެ. އެ ކަދުރު ޝިޕްމަންޓް މި ވަގުތުވީ ރާއްޖެ އައުމުގެ މަގުމަތީގައެވެ.
ކޮންމެ ރޯދަމަހަކާ ދިމާކޮށް ސައުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު 60 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެ އެވެ.
ކަދުރު ހަދިޔާކުރުމުގެ އިތުރުން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ދެއްވާ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި މި އަހަރު ވަނީ ފަށައިފަ އެވެ.